މީހުންގެ ޙާލު
ضوء الإسلام

إبراهيم بن ادهم އަކީ ހެޔޮލަފާ ޞާލިޙް ޢިލްމުވެރިންގެ ތެރޭގައި ހިމެނި ވަޑައިގެންވާ ބޭކަލެކެވެ. އެއްދުވަހަކު ބަޞަރާގެ ބާޒާރުން ވަޑައިގަތެވެ. އެވަގުތު އޭނާގެ އަރިހަށް ދިޔަ ބަޔަކު މީހުން އޭނާއަށް ދެންނެވިއެވެ. އޭ އަބޫ އިސްޙާޤެވެ. އަހުރެމެންނަށް މިވީ ކިހިނެކުންތޯއެވެ. އަހުރެމެން ދުޢާކުރަމުއެވެ. ނަމަވެސް އަހުރެމެނަށް ދުޢާ އިޖާބެއް ނުވެއެވެ. ޖަވާބުގައި އަބޫ އިސްޙާޤު ވިދާޅުވިއެވެ. ކަލޭމެންގެ ހިތްތައް ދިހަ ކަމަކުން މަރުވެފައި ވެއެވެ.
ފުރަތަމައީ: ކަލޭމެން ﷲ ތަޢާލާ މަޢުރިފާކޮށް ދެނެގެން ވަމުއެވެ. ނަމަވެސް އެކަލާނގެ ޙައްޤު ކަލޭމެން އަދާއެއް ނުކުރީމުއެވެ.ދެވަނައީ: رسول الله صلى الله عليه وسلم އަށް ލޯބިވާކަމުގައި ކަލޭމެން ދަޢުވާކޮށްފީމުއެވެ. ނަމަވެސް ކަލޭމެން އެމާތް ސާހިބާގެ ސުއްނަތް ދޫކޮށްލައިފީމުއެވެ.ތިންވަނައީ: ކަލޭމެން ﷲ ގެފޮތް ކީރިތި ޤުރުއާން ކިޔަވައިފީމުއެވެ. އެކަމަކު އެފޮތަށް ކަލޭމެން ޢަމަލެއް ނުކުރީމުއެވެ.ހަތަރުވަނައީ: ﷲ ތަޢާލާގެ ނިޢްމަތްތައް ކަލޭމެން ކައި ހަދައިފީމުއެވެ. އެކަމަކު އެނިޢުމަތްތަކުގެ ޝުކުރު އަދާއެއް ނުކުރީމުއެވެ.ފަސްވަނައީ: ހަމަކަށަވަރުން ޝައިތާނާއަކީ ކަލޭމެންނަށްވާ ޢަދުއްވެއް ކަމުގައި ކަލޭމެން ބުނެފީމުއެވެ. ނަމަވެސް ކަލޭމެން އުޅެނީ އެއާ އެއްގޮތަށެވެ. އަދި ޝައިތާނާއާ ޚިލާފެއް ކަލޭމެން ނުވީމުއެވެ.ހަވަނައީ: ހަމަކަށަވަރުން ސުވަރުގެއަކީ ޙައްޤު ތެދު ކަމުގައި ކަލޭމެން ބުނެ އިއުތިރާފު ވެއްޖައީމުއެވެ. ނަމަވެސް ކަލޭމެން އެސުވަރުގެއަށް ވަދެވޭނެ ފަދަ ޢަމަލެއް ނުކުރީމުއެވެ.ހަތްވަނައީ: ހަމަކަށަވަރުން ނަރަކައަކީ ޙައްޤު ތެދުކަމުގައި ކަލޭމެން ބުނެފީމުއެވެ. އެކަމަކު ކަލޭމެން އެއާދުރަށް ފިލާކަށް ނުދުވީމުއެވެ.އަށްވަނައީ: ހަމަކަށަވަރުން މަރަކީ ޙައްޤު ތެދުކަމުގައި ކަލޭމެން ބުނެފީމުއެވެ. އެކަމަކު ކަލޭމެން އެމަރަކަށް ތައްޔާރެއް ނުވީމުއެވެ.ނުވަވަނައީ: ކަލޭމެން ނިދިން ހޭލައިފީމުއެވެ. ދެން ފަހެ ތިޔަބައިމީހުން މީސްތަކުންގެ ޢައިބުތައް ބަޔާންކުރުމުގައި މަޝްޣޫލުވެގެން ވީމުއެވެ. އަދި ކަލޭމެންގެ އަމިއްލަ ޢައިބުތައް ހަދާން ނެތިކޮށްލައިފީމުއެވެ.ދިހަވަނައީ: މަރުވެފައިވާ ކަލޭމެންގެ އަޚުން ކަލޭމެން ވަޅުލައިފީމުއެވެ. އެކަމަކު ކަލޭމެން އެމީހުންގެ ކިބައިން ޢިބްރަތެއް ލިބިއެއް ނުގަތީމުއެވެ.(ނޯޓް: މިލިޔުންކޮޅު ނަގާފައިވަނީ ضوء الإسلام އިންނެވެ އިންނަގާފައިވާލިޔުމެކެވެ(manadhoolive.com)މިލިޔުމަކީ
1 Comment:
ވަރައްފުރިހަމަ ލިޔުމެއް
Post a Comment